މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން ރައީސް ސޯލިހު ގޮވާލައްވައިފި
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ބޭރުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ތައްޔާރުވަމުންދާ މީޑިއާ ކޮންޓްރޯލު ބިލުގައި ގިނަ ކޮންބޮޑުވުންތަކެއް ހުރިކަން ނޫސްވެރިން މިހާރުވެސް ފާޅުކުރަމުންދާ ކަމަށެވެ. "އަޅުގަނޑުގެ އިލްތިމާސަކީ ނޫސްވެރިންގެ އެ ކަންބޮޑުވުންތައް އަޑު އައްސަވާ މި ބިލު މަޖިލީހުން ބޭރުކޮށްދެއްވުން،" ސޯލިހު…









