ގުރައިދޫގައި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު ހުޅުވައިފި
ތ. ގުރައިދޫގައި ގާއިމްކޮށްފައިވާ ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު ހުޅުވައިފިއެވެ. ގުރައިދޫގައި ގާއިމްކޮށްފައިވާ ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ގުރައިދޫއަކީ ސަރުކާރުން ރާއްޖޭގައި ހައިޕަރބެރިކް ސެންޓަރެއް ޤާއިމްކުރި ފުރަތަމަ ރަށެވެ. މި ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެކެވެ. ރާއްޖޭގެ މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި…









