ނެމީބިއާގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
ނެމީބިއާގެ ރައީސް، ހާގޭ ގެންގޯބް އަވަހާރަވުމާ ގުޅިގެން އެޤައުމުގެ ވަގުތީ ރައީސް ނޭންގަލޯ އެމްބުމްބާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސްގެ މެސެޖުގައި، ނެމީބިއާގެ ރައީސް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސްގެ އަމިއްލަ ނަންފުޅުގައި، ނެމީބިއާގެ ސަރުކާރާއި ރައްޔިތުންނާއި އަދި ނެމީބިއާގެ ރައީސް ހާގޭ ގެންގޯބްގެ އާއިލާއަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނުގެ…