ރަމަޟާން މަހަށް ޚާއްސަ "ދަނޑުވެރިންގެ ބާޒާރު" ނޯތު ހާބަރުގައި ހުޅުވައިފި
މާލޭ ނޯތު ހާބަރު ސަރަޙައްދުގައި، ރާއްޖޭގެ ދަނޑުވެރިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި ވަގުތީ މާރުކޭޓު ކަމަށްވާ "ދަނޑުވެރިންގެ ބާޒާރު" ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ. މި މާރުކޭޓަކީ ރަމަޟާން މަހާ ދިމާކޮށް، އަތޮޅުތެރޭގެ ދަނޑުވެރިން އުފައްދާ ތާޒާ ކާބޯތަކެތި މާލޭގައި ފަސޭހަކަމާއެކު ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ޤާއިމްކުރި ތަނެކެވެ. ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ސަރަޙައްދުގައި ހުޅުވި މި މާރުކޭޓުގައި ރާއްޖޭގެ 7 ރަށަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމަށް މަޝްހޫރު…









