މަދަނީ ޖަމިއްޔާތަކުގެ ގައުމީ ފޯރަމް ފަށައިފި
މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުސަދުގައި ބާއްވާ "މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް" ފަށައިފިއެވެ. މިފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ. މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމަކީ، މަދަނީ ޖަމުޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތައް ދެނަގެނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމުޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމުޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެގޮތުން ބާއްވާ ފޯރަމެކެވެ. މިއީ ޒުވާނުންނާބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ…









