މާލެއިން ހުޅުމާލެއަށް ދާ ލޭން މިރޭ ބަންދުކުރަނީ
ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް، މާލެއިން ހުޅުމާލެއަށް ދާ ލޭން މިރޭ ބަންދުކުރާނެކަން ފުލުހުން އިއުލާންކޮށްފިއެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސިނަމާލެ ބުރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި މިރޭ 23:45އިން ފެށިގެން މަސައްކަތް ނިމެންދެން ބުރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކުރާނެ ކަމަށެވެ. އެއީ މާލެއިން ހުޅުމާލެއަށް ދަތުރުކުރަން ޚާއްސަކޮށްފައި އޮންނަ ލޭނެވެ. އެ ލޭން ބަންދުކުރުމަށް ފަހު ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.









