ތިނަދޫ ރޯ ހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަނީ
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު އާއްމުކޮށްޕިއެވެ. ތިނަދޫ ރޯ ހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ.ގދ. ތިނަދޫގައި ސަރުކާރުން ތަރައްގީކުރާ 200 ހައުސިން ޔުނިޓް ލިބޭ މީހުން ހޮވުމަށް، އެ މަޝްރޫއުއަށް ހައުސިން ސްކީމެއް ކަނޑައަޅާ "ހިޔާވެހި" ޕޯޓަލްގެ ތެރެއިން ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ވިދާޅުވެއެވެ. ތިނަދޫ ސިޓީ ކައުންސިލުން އެ ސިޓީގައި އިމާރާތް ކުރަމުންދާ…









