އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް: ފުލުހުން
މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާ ވެއްޓިފައިވަނީ އަމިއްލައަށް ކަމަށާއި، އެހެން މީހެއްގެ ސަބަބުން ނޫން ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގެ މަޢުލޫމާތު ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ މި ހާދިސާއާ ގުޅޭ ސިީސީޓީވީ ފުޓޭޖުވެސް ދައްކައިފައެވެ. ނަމަވެސް މިއީ އާންމުކޮށް ހުޅުވާނުލައި ގެންދިޔަ ބައްދަލުވުމެއް ކަމަށްވާތީ، މި ނޫސްވެރިންގެ ބައްދަލުވުމުގެ އެއްވެސް މަންޒަރެއް އަދި އަޑެއް ރެކޯޑުކުރުން އޮތީ މަނާކޮށްފައެވެ. ރޭގެ ބައްދަލުވުމުގައި ފުލުހުން…