ރަމަޟާން މަހަށް ފޭސް 2ގައި ވަގުތީ މާރުކޭޓެއް ހަދަނީ
އަންނަ ރަމަޟާން މަހަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 2 ގައި ވަގުުތީ ލޯކަލް މާރުކޭޓެއް އެޅުމަށް މަސައްކަތް އެޗްޑީސީން ފަށައިފިއެވެ. މާރުކޭޓު ތަރައްގީކުރަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައެވެ. އެޗްޑީސީން ބުނީ އެތަނުގައި ޖުމްލަ 24 ގޮޅި ހުންނާނެ ކަމަށެވެ. އެގޮޅިތައް ދޫކުރާނީ އިއުލާން ކޮށްގެންކަމަށާއި މާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. …









