ރަސްމާލެ ޕްރޮޖެކްޓަށް ކޮންސަލްޓެންޓަކު ހޯދަނީ
ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި އޮތް ރަސްމާލެ ޕްރޮޖެކްޓަށް ކޮންސަލްޓެންޓަކު ހޯދަން އިއުލާންކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ކޮންސަލްޓެންޓަކު ބޭނުން ވަނީ ރަސްމާލެ މާސްޓަޕްލޭނަށް ކަމަށެވެ. އެހެންވެ މި މަޝްރޫއު އަށް ކޮންސަލްޓަންސީ ދޭނެ ކުންފުންޏެއް ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުހެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ރަސްމާލެ މާސްޓަޕްލޭނަށް ކޮންސަލްޓަންސީ ފާމެއް…









