އިންޖިނިއަރުންގެ ދުވަސް ފާހަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ކޮންޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އިސް ނަގައިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު މާލޭ އުސްފަސްގަނޑު ސަރަޙައްދުގައެވެ. މި ހަވީރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމުގައި މިނިސްޓްރީއާއެކު 8 ފަރާތަކުން ވަނީ ތަފާތު ސްޓޯލްތައް ހިންގާފައެވެ. އޭގެތެރޭގައި އެސް.އޯ.އީތަކާ އެކި އިދާރާތައް ހިމެނެއެވެ. އެގޮތުން އިންޖިނިއަރިންގެ އެކި ދާއިރާތަކާގުޅޭ މަސައްކަތްތައް ދައްކާލުމާ ކުޑަކުދިން ޝައުގުވެރިވާ ހަރަކާތްތައް ސްޓޯލްތަކުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.…









