މާލޭގައި ބަނގުރާ އުފައްދާ ފެކްޓްރީއެއް ހޯދައި، ތިން ބިދޭސީން ހައްޔަރުކޮށްފި
މާލޭގައި ހިންގަމުން އައި ބަނގުރާ އުފައްދާ ފެކްޓްރީއަކުން 507 ފުޅި ބަނގުރަލާއި، ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއެކު ތިން ބިދޭސީން ރޭ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ މީހަކާއި އިންޑިއާގެ ދެ މީހުންނެވެ. ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މ.ރަންފިޔަ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއެވެ. އެޕާޓްމަންޓްގެ އެއް ކޮޓަރީގައި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއި އާލާތްތައް ހުރިއިރު، ދޮޅު ފޫޓު ނުވަތަ ދެ ފޫޓުގެ…









