ފަނަރަ ފަރާތަކަށް ރެހެންދި އެވޯޑު ދީފި
ތަފާތު އެކި ދާއިރާތަކުގައި އަންހެނުން ކުރާ މުހިންމު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ރެހެންދި އެވޯޑު، ޖުމްލަ 15 ފަރާތަކަށް މިރޭ ވަނީ ދީފަ އެވެ. ބާސެލޯ ނަސަންދުރާ ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެވޯޑު ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. މިރޭ އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު އެވޯޑަށް ހޮވުނު ފަސް ފަރާތަކާއި، މި އަހަރު އެވޯޑަށް ހޮވުނު 10 ފަރާތެވެ. މިދިޔަ އަހަރު ރެހެންދި އެވޯޑަށް 22…









