ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި
ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސްކޭމް މައްސަލަތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ، އެންޓި ސްކޭމް ސެންޓަރުން ހޯދައިފި އެވެ. ފުލުހުން ބުނީ ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަ ކަމަށެވެ. އެފަދަ 491 މައްސަލަ ހުށަހަޅާފައިވާ އިރު، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލަ އާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ…









