ބޭއަދަބީ މަންޒަރެއް ގެނެސްދެވުމުން ޕީއެސްއެމްއިން މާފަށް އެދިއްޖެ
ޕީއެސްއެމްގެ އިނގިރޭސި ޚަބަރު ސެގްމެންޓެއްގައި ބޭއަދަބީ މަންޒަރު ގެނެސްދެވެމުން އެކަމަށް ޕީއެސްއެމްއިން މާފަށް އެދިއްޖެ އެވެ. މިކަމާ ގުޅިގެން ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެނެސްދިން އިނގިރޭސި ޚަބަރުގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާ ކަމަށާއި، އެ ކަމަކީ ކުންފުނީގެ ކޮންޓެންޓް ޕޮލިސީއާ އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ސީރިއަށް މައްސަލައެއްކަމަށެވެ. ޕީއެސްއެމްއިން ބުނެފައިވަނީ، މިކަމުގައި މައްސަލަ ހިނގިގޮތް ބަލައި އިހުމާލުވި ދެ މުވައްޒަފަކު މިހާރު ސަސްޕެންޑް ކޮށްފައިވާކަމަށެވެ. މީގެއިތުރުން ކުންފުނީގެ އެކިއެކި ޑިޕާޓްމެންޓްތަކުގައި މިހާރު އަމަލުކުރަމުންދާ އެސްއޯޕީތައް…