ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއެއް
ތެދު މަޢުލޫމާތު ގެނެސް ދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ. ޤައުމީ ޔުނިވަސިޓީގެ ބެޗްލާ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިން ޝަރަފްވެރިކޮށް ދެއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިޒަމާނުގައި ދޮގު މަޢުލޫމާތެއް ފަތުރަން ކުޑަ ވަގުތުކޮޅެއް ނަގާއިރު، ގިނަ ފަހަރު އެއިން ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށެވެ އަދި ދޮގު…









