ސުލްޙަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގަރާރު ފާސްކުރުމަށް ރާއްޖެއިން ތާއީދުކޮށްފި
ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ތަޞްދީޤު ކުރުމަށް ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ. މި ޤަރާރު ބަލައިގެންފައިވަނީ މިއަދު ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ. މި ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން 142 ޤައުމުގެ ތާއީދާއެކުގައެވެ. މިޤަރާރާ ދެކޮޅަށް 10 ޤައުމުން ވޯޓުދީފައިވާއިރު 12 ޤައުމަކުން ވަކިކޮޅަކަށް ވޯޓުދޭން…









