14 ރަށެއްގައި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފި
ޕްލޭނިން މިނިސްޓްރީން 14 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދަން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ. ސޮއިކުރެވުނު…









