ކާރެއްގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހުން ބަންދު އިތުރުކޮށްފި
ކާރެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ބަންދު އަނެއްކާވެސް އިތުރުކޮށްފި އެވެ. ސިނަމާލެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ފަހު، އެ މުއްދަތު ހަމަވެގެން އިތުރު 15 ދުވަހަށް ދެ މީހުންގެ ބަންދުވަނީ ކުރިން އިތުރުކޮށްފަ އެވެ. ކާރު ރޯކޮށްލި ކަމުގެ ތުހުމަތުގައި މި ދެ މީހުން ހައްޔަރުކުރީވެސް ކޯޓު އަމުރަކަށެވެ. އެ މީހުންގެ ބަންދަށް މި…