ކައުންސިލް އިންތިޚާބު: ކަރުދާސް ފޯމެއް ބަލައެއް ނުގަންނާނެ، ހުރިހާ ފޯމެއް ޑިޖިޓަލްކޮށް!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ފޯމުތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން(އީސީ) ހަދައިފިއެވެ. މިއީ، ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރެވެ. އީސިއިން ބުނީ މިފަހަރު ފޯމު ހުށަހަޅަންވާނީ، އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި ފޯމާއެކު ކުށާއި، ދަރަނީގެ ރެކޯޑުވެސް އެ ޕޯޓަލަށް ހުށަހެޅޭނެ ކަމަށް އީސީން ބުނެއެވެ. މިހާރު އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ތާޢީދު އޮތްކަން…









