100 ދަރިވަރުންނަށް އެކައުންޓިންގ ދާއިރާއިން ކިޔަވަން ސްކޮލަރޝިޕް ދީފި
ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލެވުނު ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފިއެވެ. އެކައުންޓަންޓުންނަށް ޚާއްސަކޮށްގެން ހުޅުވާލި ސްކޮލަރޝިޕްގައި 100 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މިސްކޮލަރޝިޕްތައް ހަވާލުކުރުމަށް ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ. މި ރަސްމިއްޔާތުގައި އެވުޒާރާގެ އިސްވެރިންނާއި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އިސްވެރިން ވަނީ…