ޤުދުސްގައި ހިންގާ ސްކޫލްތައް ބަންދުކުރަން ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ "ޔުނިއިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ" އުންރުވާއިން އިރުމަތީ ޤުދުސްގައި ހިންގަމުން އަންނަ ހަ ސްކޫލެއް ބަންދުކުރަން އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ. ފަލަސްޠީނުގެ ސްކޫލްތައް ބަންދުކުރުމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ނެރުއްވި ބަޔާނުގައި ވަނީ ޔަހޫދީ ދައުލަތުގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ތަޢުލީމަކީ ބައިނަލްއަގުވާމީ އިންސާނީ ޙައްގުތަކާއި ޤާނޫތަކުން ކަށަވަރުކުރަންޖެހޭ ޙައްގެއް ކަމަށާއި އެ ޙައްގު ކޮންމެ މީހަކަށްވެސް ކަށަވަރުވާންޖެހޭނެ ކަމަށް ފޮރިން…