މަންޑޭއަށް 397 އަހަރުގެ ޖަލު ހުކުމެއް
ކޭޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި ގާޒީ އަލީ ނަދީމް ވަކިވަކިން މަންޑޭގެ މައްޗަށް އިއްވި ހުކުމްތައް އެއްކޮށްލުމުން ޖުމްލަ 397 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒުކުރަންޖެހެއެވެ. 397 އަހަރުގެ ޖަލު ހުކުމުގައި ހިމެނެނީ ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ…









