ހެޔޮވެރިކަމެއް ރާއްޖޭގައި ހިންގޭނީ ބަރުލަމާނީ ނިޒާމެއްގައި: އަމްރު
ހެޔޮވެރިކަމެއް ރާއްޖޭގައި ހިންގުމަށްޓަކައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެެއްޖެއެވެ. ރޭ އެކްސްގައި އަމްރު ވިދާޅުވީ، ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހާ އަދި ޖަވާބުދާރީވާ ވެރިކަމެއް އޮންނަންޖެހޭ ކަމަށާ، ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަޑު އަހާ، އޭގެފަހުން ޖަވާބުދާރީނުވާ ވެރިކަމެއް ރައްޔިތުންނަށް ރަނގަޅު ނުވާނެ ކަމަށެވެ. ޕާލިމެންޓަރީ ނިޒާމެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވިދާޅުވެ އަމްރު ވިދާޅުވީ،…









