ތިނަދޫ ކުނިގޮނޑުގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެ
ތިނަދޫ ސިޓީ ކުނިގޮނޑުގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 4:50 ގައި ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.









