ނޮވެމްބަރ 3 ގައި ދުޝްމަނުންގެ މައްޗަށް ފަތަޙަ ހޯދީ ދިވެހި ސިފައިން: ޣައްސާން
1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ދިވެހި ޤައުމަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނުގެ މައްޗަށް ފަތަޙަ ހޯދާފައިވަނީ ދިވެހި ސިފައިން ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ޣައްސާން މިހެން ވިދާޅުވީ މި އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނޮވެންބަރު 3 ގެ ހަނދާން އާކުރައްވަމުން ވަޒީރު ޣައްސާން ވިދާޅުވީ، 1988 އަހަރުގެ ފަހުން ކޮންމެ އަހަރަކު ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު މުޅި ދިވެހި އުންމަތް އެކަތިގަނޑެއް…









