ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވައިފި
މޯލްޑިވިއަން ބްލަޑް ސާރވި ސަސްގައި ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވައިފި އެވެ. މިއީ ސަރުކާރުގެ އިދާރާއަކުން މިފަދަ ތަހުލީލެއް ހެދޭ ގޮތްވީ ފުރަތަމަ ފަހަރެވެ. މި ލެބޯޓަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރިކޮށް ދެއްވާ ލެބޯރެޓަރީ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުالله ނާޒިމް އިބްރާހިމް އެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން "ލޭގެ ބަލިތަކަށް ޚާއްސަ ކުރެވިގެން ވަށާ ޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުން" މި ވަޢުދުފުޅާ ގުޅިފައިވާ މުހިންމު…








