ހުޅުމާލޭގެ ދެ ފިޔަވަހީގައި ޢިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކުރަނީ
ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި ޢިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގޯތި އިމާރާތް ކުރެވޭ އުސްމިނަކީ ތަނުގެ ޕްލޭނާއި އިންފްރާސްޓްރަކްޗާއާއި ގުޅިފައި އޮތް ކަމެއް ކަމަށެވެ. އަދި އެއީ ފެނާއި ނަރުދަމާ އާއި ވެސް ގުޅިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ތަނެއް…









