ފެލިދޫގައި އަޅާނީ 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް: ރައީސް
ފެލިދޫގައި ޢަމަލީ މަސައްކަތް ފަށާ ހޮސްޕިޓާ ނިމިގެންދާނީ، 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. ފެލިދޫގެ ތަރައްޤީއަށްޓަކައި ރާއްވަވާފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވަމުން ވިދާޅުވީ އެ ރަށުގައި ހަދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީކުރައްވާނީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށެވެ. އިތުރު ވަޞީލަތްތަކާއެކު، ސްކޫލް ޢިމާރާތުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ އަހަރު، އެ ރަށުގައި 12 ހެކްޓަރުގެ ބިން ހިއްކުމުގެ…









