އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަކަށް ކެޕްޓަން ހަނާ!
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސައިފިއެވެ. އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މޭޖަރ އިބްރާހިމް އާޒިމްއެވެ. އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި މޭޖަރ އިބްރާހިމް އާޒިމްގެ ބަދަލުގައި މިއަދުން ފެށިގެން އެމަގާމަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސާފައިވާ ކަމަށެވެ. އިންފޮމެޝަން އޮފިސަރުގެ މަގާމުގައި ހުންނެވި އާޒިމް ބަދަލު ކުރެއްވީ ކީއްވެ ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.…









