ލިސްޓު ބާތިލުނުކުރާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދިން: އެޗްއާރުސީއެމް
ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން، މި ސަރުކާރުން ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ބުނެފިއެވެ. އެޗްއާރްސީއެމްއިން ނެރެނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން މީހުންގެ ހައްގުތަކެއް ގެއްލޭ ކަން ފާހަގަކޮށް އެ ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅާފައިވެއެވެ. އަދި އެ މައްސަލައިގައި އެޗްއާރްސީއެމުން ބަލަމުންދާ ކަމަށާއި މައްސަލަ ބަލަނީ ހައްގުތަކުގެ ނަޒަރުން މި މަޝްރޫއުގެ ދަށުން…









