ސަރުކާރުގެ ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ ވައްޑެގެ ކުއްލި މައްސަލައެއް
އަންނަ އޭޕްރިލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް، އެޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިބި ބަޔަކަށް ވަޒީފާގެ ބިރު ދައްކާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ. ވައްޑެއަކީ އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ތަރުޖަމާން އެވެ. ދެން މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެންމެ ނުފޫޒުގަދަ ވަޒީރު،…