ބީއެމްއެލް އިން ދަނގެތީގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް އިން އދ. ދަނގެތީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެެވެ. މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދެއެވެ. މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ދަނގެތީގައި މި ބެހެއްޓުނު އޭޓީއެމް އާއެކު ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ފުޅާކުރެވޭކަމީ…









