އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް 73 އިމާމަކު ފުރިހަމަކޮށްފި
އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް 73 އިމާމުން ފުރިހަމަކޮށްފިއެވެ. އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނީ މާލެ ސިޓީގެ އިމާމުންނާއި ހަތީބުންނަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. މާލެ ސިޓީގެ އިމާމުންނާއި ހަތީބުން ތާޒާކުރުމުގެ އެ ވޯކްޝޮޕްގައި މުޅިއަކު މާލެ ސިޓީގެ 73 އިމާމުން ބައިވެރިވަޑައިގެންނެވި ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. މިއަހަރު ވަނީ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގިފައި ކަމަށާއި މިއަންނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީއާ…









