ހަށިވިއްކާ އިތުރު ޓެލެގްރާމް ޗެނަލެއް ބަންދުކޮށް މައްސަލަ ބަލަނީ
ހަށިވިއްކުމުގެ ވިޔަފާރި ޕްރޮމޯޓްކުރަމުންދިޔަ ޓެލެގްރާމް ޗެނަލެއް ބަންދު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ބަންދު ކޮށްފައިވަނީ "އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލެއް ކަމުގައެވެ. މި ޗެނަލުން ބޮޑެތި އެކި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ގިނަކަންކަން ކުރަމުން ދިޔަ ކަމަށާއި ޗެނަލް ބަންދުކޮށް އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުންޏެވެ. ނަމަވެސް އެއީ ސީދާ ކޮން ކުށްތަކެއް ކަން ފުލުހުން ހާމަކޮށްފައިނުވެ އެވެ. މީގެ ކުރިން…