ސަޢޫދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި
ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސަޢުދީ ފަންޑު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ)، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ. 2025 އެޕްރީލް މަހުގެ 13 އިން 15 އަށް، ތިން ދުވަހުގެ މުއްދަތަށް، ސަޢުދީ ފަންޑުގެ މަތީފަންތީގެ ވަފުދަކާއެކު ސީ.އީ.އޯ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސައުދީ ފަންޑުން ދެއްވާ އިތުރު ފައިނޭންސިންގ އެއްބަސްވުމުގައި…