ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި ދެ މީހަކު ހޯދަނީ
ސައްހަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި ދެ މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ. މި މައްސަލައިގައި ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ހަސަން ޝާން، ހ. ފެންތިލަގެ / މާލެ (44އ) އަދި އަހްމަދު ޒަޔާން، ކަށިފަށުވިގެ / ސ.ހިތަދޫ (25އ) އެވެ. ފުލުހުން ބުނީ މި ދެ މީހުން ތަހުގީގަށް ހާޒިރުވާން އާންމުކޮށް އިއުލާންކުރީ އެ އިދާރާގެ އެންޓި- ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސައްޙަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ…