އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގި ހަމަނުޖެހުން ރައީސް ކުށްވެރިކުރައްވައިފި
އިސްރާއީލުން ރޭ އީރާނަށް ދިން ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ. މި ހަމަލާތައް ރައީސް ކުށްވެރިކުރެއްވި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، އީރާނަށް ޔަހޫދީ ދައުލަތުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔަހޫދީ ދައުލަތުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށާއި އޭގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އުފެދިގެންދާނެ ކަމަށެވެ. ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅުތައް އަޅަން…









