ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް އަސްމާ
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާ ބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި އުފައްދާފައިވާ އިކޮނޮމިކް ރިފޯމް އޮފީހުގެ "ކޮމިޝަނާ އޮފް ރިފޯމް"ގެ މަގާމަށް ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއު އައްޔަންކޮށްފި އެވެ. އަސްމާ އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ. މީރާގައި 14 އަހަރު ހިދުމަތް ކުރައްވާފައިވާ އަސްމާ، ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް…