ޑޮލަރު މާރުކުރާ ބިލު ފާސްކޮށްފި
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޭރު ފައިސާއާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި ބިލު ފާސްކުރީ 56 މެމްބަރުންގެ ވޯޓާއެކު އެވެ. މި ބިލާއި ދެކޮޅަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ. މި ބިލު ދިރާސާކުރިއިރު މާލިއްޔަތު ކޮމިޓީން ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން ގެނައި މައިގަނޑު ދެ ބަދަލަކީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން…