މަގުމައްޗަށް ކުނި އަޅާކަމަށް ފާހަގަކުރެވޭ ބިދޭސީއަކު ޑީޕޯޓު ކުރަނީ
މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން މާލެ ސިޓީ ކައުންސިލުން ފުލުހުންނާއި ހަވާލު ކުރި ބިދޭސީއަކު ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރީ ކައުންސިލްއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ. މި މީހާ ފުލުހުންނާއި ހަވާލުކުރީވެސް ކައުންސިލުންނެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ. ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއިން މައްސަލަ ބޮޑުވެފައިވާއިރު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން…








