ފަސް މަސް ތެރޭގައި ޕިކްނިކް އައިލޭންޑް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފި
މާލެ އަތޮޅުގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީ ކުރަން އެމްޓީސީސީއާއި މިއަދު ހަވާލުކޮށްފި އެވެ.
މާލެ އަތޮޅުގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީ ކުރަން އެމްޓީސީސީއާއި މިއަދު ހަވާލުކޮށްފި އެވެ.
ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމާއި ގުޅޭގޮތުން ތިން ފނަޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން މަޖިލީހުގެ ތިން ކޮމިޓީއަކަށް މައްސަލަ ހުށަހަޅައިފިއެވެ. މިމައްސަލަ ކޮމިޓީތަކަށް ހުށަހެޅުއްވީ މަޑުވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ 241 ކޮމިޓީ އާއި ހިއުމަން ރައިޓްސް ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ…
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ނ. އަތޮޅަށް ވަޑައިގެންފިއެވެ. މިއަދުން ފެށިގެން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ނ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ވަނީ ނ. ލަންދުއަށް ވަޑައިގެން، އެ ރަށު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެ ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ނ.…
މާފުށީ ޖަލަށް ވައްދަން އުޅުނު ގިނައަދަދެއްގެ މަނާތަކެތި އަތުލައިގެންފިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިތަކެތި އަތުލައިގަތީ ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީޖަލަށް ގިނައަދަދެއްގެ މަނާތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން ފުލުހުންނާއި މާފުށި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަނާތަކެތި އަތުލައި ގަނެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ފާހަގަކޮށްފައެވެ. މާފުސީ ޖަލަށް އެތެރެ…
އިސްލާމް މުގައްރަރަށް ގެންނަ ބަދަލުތަކާއި އުނި އިތުރު ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މެއި 6 ކޮމިޓީގެ މުގައްރިރު ހަސަން އަފީފު ރޭ ވިދާޅުވެފައިވަނީ ނަފްރަތު އުފެއްދުމަށް މަގުފަހިވާ ފަދަ ލިޔުންތައް އިސްލާމް ފޮތްތަކުން ބަދަލުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. މިކަމަށް އިޝާރާތް ކުރައްވާ ޝަހީމް ވިދާޅުވީ، އިސްލާމް މުގައްރަރުތަކަށް ގެންނަ ބަދަލުތަކާއި ގެންނަ އުނި އިތުރު ރައްޔިތުންނަށް ސާފުވާން ޖެހޭނެ…
އިސްލާމް މުގައްރަރުތަކުގައި ހަރުކަށިކަމަށް ހިތްވަރުދީފަ ނޯންނާނެ ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމް މުގައްރަރުތައް ހެދިފައިވަނީ އެންމެ މީހެއް ދެމީހެއްގެ ވިސްނުމަކުން ނޫން ކަމަށާއި އިސްލާމް ދީން ކިޔަވައިގެން ތިބި އެތައް ބައެއް ހިމެނޭ ކޮމިޓީއަކުން ކަމަށެވެ. އަދި އެއަށްފަހު އިސްލާމިކް މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކަމަށާއި އިސްލާމް މުގައްރަރުތަކުގައި ހަރުކަށި ކަމަށް ހިތްވަރު ދެވިފައެއް ނޯންނާނެ ކަމަށެވެ. ޒައިދު ވިދާޅުވީ އިސްލާމް މުގައްރަރުތަކަށް ހަރުކަށި ފިކުރުގެ ތުހުމަތުކޮށް…
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 139 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވެފައިވަނީ 27 މީހުންނެވެ. އަތޮޅު ތެރެއިން ވަނީ 96 މީހުން ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓްތަކުންވެސް މިއަދު ވަނީ 16މީހުން ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ޖެހިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 80،678 އެކެވެ. މިހާރު މިބައްޔަށް ފަރުވާ ކުރަމުންދަނީ 1،683 މީހުންނެވެ. މިވަގުތ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 11 މީހުނަށެވެ. މިބަލީގައި ރައްޖެއިން…
އިތުރު 407 މީހުން ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހު މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖަހާފައިވަނީ 266 މީހުންނެވެ. އަތޮޅު ތެރެއިން ދެވަނަ ޑޯޒް ބުރާސްފަތި ދުވަހު ޖެހީ 141 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ބުރާސްފަތި ދުވަހު ޖަހާފައިވަނީ 1366 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހި 385 މީހުންނާއި އަތޮޅު ތެރެއިން ފުރަތަމަ…