ކައުންސިލްތަކަށް ދޭ ބަޖެޓް ކުޑަކަމުން އެލްޖީއޭއިން ކަންބޮޑުވުން ފާޅުކޮށްފި
ކައުންސިލްތަކަށް ދޭ ބަޖެޓް ކުޑަކަމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެލްޖީއޭއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ބަޖެޓް ދިރާސާ ކޮމިޓީގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހްމަދު ވިދާޅުވީ، 2022 ވަނަ އަހަރަށް ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވާ ބަޖެޓުން، ކައުންސިލަށް ގާނޫނުން ލާޒިމް ކުރާ ޒިންމާތައް އަދާ ނުކުރެވޭނެ ކަމަށާއި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައްވެސް ނުދެވޭނެ ކަމަށެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ، ލޯކަލް ގަވަރމެންޓް…