މިއަހަރުގެ މިހާތަނަށް އަށްލައްކަ ސަތާރަހާސް ފަތުރުވެރިން ރާއްޖެ އައިސްފި
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 817،387 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އޮގަސްޓް މަހު އެކަނިވެސް ރާއްޖެއަށް 143،599 ފަތުރުވެރިން އައިސްފައިވެއެވެ. ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 101،818 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އައިސްފައިވަނީ 6500 ފަތުރުވެރިންނެވެ. މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 61،421 އަކަށް އަރާފައެވެ. 2020 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 391،069 ފަތުރުވެރިންނެވެ. މިހާރު…