އެޗްއާރްސީއެމްގެ 2 އެވޯޑަކަށް ހުޅުވާލައިފި
ހިއުމަން ރައިޓްސް ކޮމިިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ސްކޫލްތަކަށް ހާއްސަކޮށްގެން ދޭ ދެ އެވޯޑަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. އެ ދެ އެވޯޑަކީ "ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2025" އެވޯޑް އާއި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2025" އެވެ. މި އެވޯޑްތަކަކީ ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑްތަކެކެވެ. ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ…









