ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިފި
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވައިފި އެވެ. މި ޕްރޮގްރާމް އިފުތިތާހުކުރުމަށް މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތަށް ފަހު، އެ މަނިކުފާނު ވަނީ ޕްރޮގްރާމް އަމަލީގޮތުން ފެއްޓެވުމުގެ ގޮތުން ކާބޮލި އަރޮޅި ގަހެއް އިންދަވައިފަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް މިލިއަން ގަސް…