ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީ: ހައްޔަރުކުރި އެންމެން ތަހުގީގު ނިމެންދެން ބަންދަށް
ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުުޅިގެން ހައްޔަރުކުރި މީހުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 22:50 ހާއިއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. މިމާރާމާރީގައި އެކަކަށް އަނިޔާ ލިބިފައިވާއިރު އޭނާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައިގައި ދިވެހި ހަތަރު ފިރިހެނުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު…









