މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން އަޒާން ވަކިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަން މަޖިލީހުގެ ރައީސް ވަނީ އިއުލާންކުރައްވާފައެވެ. 241 ކޮމިޓީއަށް އަޒާންގެ ބަދަލުގައި ހަމަޖައްސާފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ. މާލިއްޔަތު ކޮމިޓީއަށް އަޒާންގެ ބަދަލުގައި އައްޔަންކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ. އިމްތިޔާޒާ ސުލޫކު ކޮމިޓީގައި ޕީއެންސީގެ ފަރާތުން…









