ޗެނަލް 13 ގެ ޕްރޮގުރާމެއްގެ މައްސަލަ ބްރޯޑްކޮމްއިން ބަލަނީ
އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މަސްލަހަތު އޮންނަ ޓީވީ ޗެނަލް، "ޗެނަލް 13" ގެ ޕްރޮގުރާމެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މަސްލަހަތު އޮންނަ ޓީވީ ޗެނަލް، "ޗެނަލް 13" ގެ ޕްރޮގުރާމެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގައި ތަރައްގީ ކުރި އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރާނެ ގޮތަކާއި ގުޅޭގޮތުން މާލެ ރައްޔިތުންގެ ހިޔާލު ހޯދަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލަ ނުބަލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުވަހަކުވެސް ނާންގަވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން، ބޮން ގޮއްވައިލި ރިމޯޓު އޮޕަރޭޓު ކުރި އަހުމަދު އަދުހަމް ކުށަށް އިއުތިރާފުވެ، 23 އަހަރުގެ ޖަލުހުކުމެއް އަންނަ ގޮތަށް އެއްބަސްވުމެއް ހަދައިފި އެވެ.
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ގައިވާގޮތުގެ މަތީން ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އެގޮތުން ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮގަސްޓު 10 އަދި 11 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުއަށް…
ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލީޑަރު އަބްދުﷲ ޔާމީން އިންސާފުން ބޭރުން ފުލުފުލުގައި ޝަރީއަތަށް ގެންދިޔަކަމުގައި ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމްޑީޕީއަށް ތާއީދު އިތުރު ނުވާނެ ކަމަށް ވިދާޅުވެ، ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ވެކްސިންގެ ދެ ވަނަ ޑޯޒް މިއަދު ޖެހީ 3،331 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 1،127 މީހުންނާއި އަތޮޅު ތެރެއިން ދެ ވަނަ ޑޯޒް ޖެހި 2،204 މީހުންނެވެ. އިއްޔެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 946 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 854 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 92 މީޙުންނެވެ. މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 268،244 މީހުންނެވެ.…
މުޝީ ބްރޭންޑްގެ ސިލިކޯމް ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ ކުޑަކުދިންނަށް ކާބޯތަކެތި އެޅޫމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މުޝީ ބްރޭންޑްގެ ސިލިކޯމް ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕް ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕް ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް…