ކޯރާޑިއަކުން ހަމަލާދިން ދެމީހުން ބަންދަށް
ހުޅުމާލޭގައި ކޯރާޑިއަކުން ހަމާލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. ހުޅުމާލޭ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލާ ދީފައިވާ މައްސަލަ ހޮނިހިރު ދުވަހުގެ ރޭ 11:35 ހާއިރު ރިޕޯޓުކޮށްފައިވާއިރު، މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލައިގެން…